ކޮވިޑާއި ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ޕާކިސްތާނުގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފި

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ ޕާކިސްތާނުގެ ބޮޑުވަޒީރަށް ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ހަވީރު ޕާކިސްތާނުގެ ބޮޑުވަޒީރާއިއެކު ފޯނުން ކުރެއްވި މަޝްވަރާގައި ދެޤައުމުގައި ވެސް މި ބަލިމަޑުކަމާއި ގުޅޭތުން އަޅުންވަމުންގެންދަވާ ފިޔަވަޅުތަކާއި ގުޅޭގޮތުން އެންމެ ފަހުގެ މަޢުލޫމާތު ޙިއްސާކުރެއްވި ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައިވެސް ރާއްޖެ އާއި ޕާކިސްތާނާއި ދެމެދު އޮތް އަޚުވަންތަ ގުޅުން ކުރިއަށްއޮތް ތަނުގައިވެސް އިތުރަށް ވަރުގަދަކުރުމާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައި ވާކަން ރައީސްވަނީ ހާމަކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!