ބްރޯޑްކޮމްގެ މެންބަރުކަމުން ޒީނާ ވަކިކުުރުމުގެ މަސައްކަތް މަޖިލީހުން ފަށައިފި

ބޮރޮޑްކާސްޓިން ކޮމިޝަންގެ މެމްބަރުގެ ގޮތުގައި ހުންނެވި ޒީނާ ޒާހިރު އެމަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ތަކާއި ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ. އެ ހުށަހެޅުއްވުމަށް ކޮމިޓީގެ ހަތް މެމްބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން މުއައްސަސާގެ މެންބަރަކު ވަކިކުރަން ކޮމިޓީއަކަށް ފެނިއްޖެ ނަމަ، އެ މެންބަރަކު ވަކި ކުރުމުގެ އިޖުރާއަތްތައް ފެށުމުގެ ކުރިން ރިޔާސަތަށް އެ ކަމެއް ހުށަހަޅަން ޖެހޭނެ އެވެ. އަދި ރިޔާސަތުން މަޖިލީހުގެ ޖަލްސާއެއްގައި އެ ކަން އިއުލާން ކުރަން ޖެހޭނެ އެވެ. އެ މަސައްކަތް ފެށޭނީ ރިޔާސަތުން އިއުލާން ކުރީމަ އެވެ.

ބްރޮޑްކޮމްގެ މެމްބަރުންގެ މައްސަލަތައް ބަލަން ފެށުމަޢިއެކު އެކޮމިޝަނުގައި ތިއްބެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހް ވަނީ އިސްތިއުފާ ދީފައެވެ. އަދި ބްރޮޑްކޮމްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބްގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނިކޮށް އޭނާވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި މެމްބަރު ފާތުމަތު ޒައިނާ ވަކިކުރަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ޒީނާގެ މައްސަލަ ނުބެލި އޮތީ އޭނާ މެޓާނިޓީ ލީވްއެއްގައި ހުރުމުންނެވެ. އަދި މިދިޔަ ޖޫން މަހު އެމައްސަލަ ބެލުމަށް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ސަބް ކޮމެޓީއަށް ޒީނާ ހާޒިރުކޮށް ޖަވާބުދާރީކުރުވާފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!