ސިފައިންގެ ބަޔަކު ޕޮޒިޓިވްވެ ގިރިފުށި ކަރަންޓީންކޮށްފި

ކ. ގިރިފުށީގައި ތިބި ސިފައިންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެރަށް ކަރަންޓީންކޮށްފި އެވެ.

ގިރިފުއްޓަކީ ސިފައިން އަސްކަރީ ތަމްރީނުހެދުމަށް ޚާއްސަ ރަށެކެވެ. އެރަށުން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ މިހާރު ސިފައިންގެ ޓްރެއިނިންގ ހަދަމުންދާ ބައެއްކަމަށް މަޢުލޫމާތު ލިބެއެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އާއްމު އުސޫލުގެ ދަށުން އެރަށަށް އަރާ ފޭބުން މަނާކޮށްފައެވެ.

މިހާރު ގިރިފުށީގައި ކޮންޓެކްޓް ޓެރޭސިންގ ގެ މަސައްކަތް ފަށާއިވާކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!