އަލިފާން ރޯވެގެން އަޑިއަށްދިޔަ ދޯނީގެ ބައިތައް އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފް އިން އެދިއްޖެ

އަލިފާން ރޯވެގެން އަޑިއަށްދިޔަ ދޯނީގެ ބައިތައް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެމްއެންޑީއެފް އިން އެދިއްޖެއެވެ.

ލ.ގަމުގެ ހުޅަނގުން 3 ނޯޓިކަލް މޭލު ބޭރުން 10 މީހުނާއެކު ދަތުރުކުރި “ވިންދު” ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއްގައި އަލިފާން ރޯވެ ފެތިގެން ދޯނީގައި ހުރި ބައެއް މުދާ އޮޔާ ދާތީވެ އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެެވެ.

މި ދޯނި ފެތިފައިވާއިރު ދެފެން ދޭތެރޭ އޮޔާ ދާ ތަކެތީގެ ތެރޭގައި ތާނގީ، ލަކުޑި ފަދަ ތަކެތި ހިމެނެއެވެ. މިގޮތުން ރޭގަނޑުގެ ވަގުތުގައި އެ ސަރަޙައްދުން ދަތުރު ކުރާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފައެެވެ.

10 މީހުންނާއެކު ދަތުރުކުރި މި ދޯނިން ގެއްލުނު ބިދޭސީ މީހާ ހޯދުމަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ކުރި މަސައްކަތުން އެ ސަރަޙައްދުގެ 48 މީޓަރު އަޑިން އެމީހާގެ ހަށިގަނޑު މިއަދު 17:14 ހާއިރު ވަނީ ފެނިފައެވެ. މި މީހާގެ ހަށިގަނޑު މިހާރު ވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!