ފޮޓޯ: ސަން

އެންއައިސީގެ ރައީސް ކަމުން ސުލައިމާން ވަކިކޮށްފި

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން މަގާމުން ވަކިކޮށްފިއެވެ.

ސުލައިމާން އެ ކޮމިޝަނުން ވަކި ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއަށް ލަފާ އަރުވަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުންގެ ވޯޓުންނެވެ. 

މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ރިޕޯޓުގައި ބުނެފައިވަނީ ސުލައިމާންގެ އިތުރުން އެ ކޮމިޝަނުގައި ދެން ތިއްބެވި ތިން މެމްބަރުން ވެސްމަގާމުން ވަކިކުރުމަށެވެ. އެހެންނަމަވެސް އެ ތިން މެމްބަރުން ވަކިކުރުމުގެ ކުރިން އެބޭފުޅުން ވަނީ އަމިއްލަފުޅާށް އިސްތިއުފާ ދެއްވާފައެވެ. އެއާއި އެކު މިހަރު އެކޮމިޝަނުގައި އިންނަވާނީ އަހުމަދު ޖިހާދު އެކަންޏެވެ. ޖިހާދު އަކީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދުގެ ފިރިކަލުންނެވެ.

ސުލައިމާން މަގާމުން ވަކިކޮށްފައި ވަނީ އޭނާ ވަކި ކުރުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ކޮމެޓީން ލަފާ އަރުވާފައި ވަނިކޮށެވެ.

ރައީސް އޮފީހުން އެންއައިސީ އަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސަށް ލަފާދެއްވާފައިވާތީ އޭނާ ވަކިކުރަން ނިންމާފައިވާ ކަމަށެވެ. މި ލަފާ ރައްޔިތުންގެ މަޖިލީހުން އެރުވީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!