ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެ

ލ. ގަމުން ތުނޑިއާ ދިމާލުން ދޯންޏެއްގައި ރޯވެ ބަންޑުން ޖަހާލައި، އޭގެން ދަތުރު ކުރި މީހަކު ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ގެއްލުނު ބިދޭސީ މީހާ ޑައިވަރުންނަށް ފެނިގެން ނަގައިގެން ލ.ގަން ހޮސްޕިޓަލަށް މިހާރު ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަނީ 48 މީޓަރު އަޑީގައި އޮއްވައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ދޯނިއަޑިއަށް ދިޔަ އެ ދޯނީގައި 10 މީހުން ތިބި ކަަމަށް އެ ދޯނީގެ ކެޕްޓަން މައުލޫމާތު ދޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އޭގެ ތެރެއިން ނުވަ މީހުންނަކީ ބިދޭސީންއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!