ޗައިނާގެ އެހީގެ ދަށުން ފަސް ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމެއް ގާއިމު ކުރަނީ

ޗައިނާ އެއިޑްގެ ދަށުން ރާއްޖޭގެ ފަސް ރަށެއްގައި ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ގާއިމު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމަކީ 11.8 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެކެވެ.

ފަސް ރަށެއްގައި މައިކްރޯ-ގްރިޑް ސީވޯޓަ ޑީސެލިނޭޝަން މަޝްރޫއުތަކުގައި ސޮއިކުރެއްވުމަށްފަހު މިކަން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖެންގް ލީޖޮންގް ވަނީ ޓުވީޓަރ މެދުވެރިކޮށް ހާމަ ކުރައްވައިފައެވެ.

ޗައިނާ ސަފީރު ވިދާޅުވީ، އެ ގައުމުން އަންނަނީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ކަށަވަރު ކޮށްދިނުމަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި އެ އެހީތެރިކަން އަބަދުވެސް ފޯރުކޮށްދިނުމުގައި ދެމި އޮންނާނެ ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ސާފު ބޯފެން ފޯރުކޮށްދޭ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ޅ. އޮޅުވެލި ފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!