ޕާކިސްތާނުގައި ފެންބޮޑުވެ, 50އަށްވުރެ ގިނަ މީހުން މަރުވެއްޖެ

މޫސުމީ ބޯވާރޭގެ ސަބަބުން ދެކުނު އޭޝިޔާގައި ކުރިމަތިވަމުންދާ ފެންބޮޑުވުމުގެ ޙާދިޘާތަކުގައި ޕާކިސްތާނުގައި 50އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ބޯވާރޭގެ ސަބަބުން ޕާކިސްތާނުގެ އެކި ސަރަޙައްދުގައި ޢާންމު ގެދޮރަށް ގެއްލުން ލިބި ގިނަ ބައެއްގެ ގެދޮރުވަނީ ގެއްލިފައެވެ. އަދި ކޯރުތަކާއި ބަނދަރުތަކުގެ ފެންގަނޑު އުފުލި ބަންޑުންވެ ގިނަ އަވަށްތަކުގައިވަނީ ފެންބޮޑުވެފައެވެ. އޭގެ އިތުރުން ފާލަންތަކާއި ހައިވޭތަކަށްވަނީ މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ޕާކިސްތާނުގެ ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓު ސެންޓަރުން ބުނީ ފާއިތުވި ތިން ދުވަހުގެ ތެރޭގައި ބޯވާރޭގެ ސަބަބުން ކުރިމަތިވި ޙާދިޘާތަކުގައި އެ ޤައުމުގެ ޚައިބަރު ޕަޚްޓުންޚުވާ ޕުރޮވިންސުން 19 މީހުންނާއި ސިންދު ޕުރޮވިންސުން 12 މީހުންނާއި ޕަންޖާބު ޕުރޮވިންސުން 12 މީހުންނާއި ގިލްގިތު ބަލްތިސްތާނު ޕްރޮވިންސުން 10 މީހުންނާއި ބަލޫޗިސްތާނު ޕްރުވިންސުން 8 މީހުން މަރުވެފައިވާކަމަށެވެ. އޭގެ އިތުރުން ގިނަ ޢަދަދެއްގެ މީހުންވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ޕާކިސްތާނުގެ ދިފާޢީ ބާރުތަކުން ދަނީ ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ގެންދިއުމަށް މަސައްކަތްކުރަމުންނެވެ.

މޫސުމީ ބޯވާރޭގެ ސަބަބުން ކޮންމެ އަހަރަކުވެސް ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!