ރޯވެ އަޑިއަށް ދިޔަ ދޯންޏަކުން މީހަކު ގެއްލިއްޖެ

ލ. ގަމު، ތުނޑިއާ ދިމާލުން ރޯވެ ދޯންޏެއް އަޑިއަށް ދިޔަ ހާދިސާއެއްގައި މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް އެ ދޯނީގެ ހާދިސާ ލިބިފައި ވަނީ މިއަދު 15:00 ގައި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެގޮތުން މިހާރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށާއި ގެއްލިގެން ހޯދަމުން އަންނަނީ ބިދޭސީއެއް ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. 

އެމްއެންޑީއެފް އިން ވިދާޅުވީ، ގެއްލިގެން އުޅެނީ ބިދޭސީއެއްް ކަމަށެވެ.

އަދި އަޑިއަށް ދިޔަ އެ ދޯނީގައި 10 މީހުން ތިބި ކަަމަށް އެ ދޯނީގެ ކެޕްޓަން މައުލޫމާތު ދޭ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފުން ހިއްސާކޮށްފައިވާ ފޮޓޯތަކުން ދޯނީގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަމުންދާ މަންޒަރު ވެސް ފެނިގެންދާއިރު މިހާރު ދޯނީގެ ބޮޑުބައި އެކީ އޮތީ އަޑިއަށް ގޮސްފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!