ޓެކްސް އެޕީލް ޓްރައިބިޔުނަލްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލި 2 މީހުންގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް

ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނުގެ 56 ވަނަ މާއްދާގެ ދަށުން ޓެކްސް އެޕީލް ޓްރައިބިޔުނަލްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލެއްވި 2 ބޭފުޅުންގެ ނަން ދިރާސާކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

އެ ޓްރައިބިޔުނަލްގެ ޤާނޫނީ ދާއިރާއިން ހުސްވެފައިވާ މަގާމަށް ކުރިމަތިލައްވާފައިވާ ދެ ބޭފުޅުންނަކީ:

1- އަލްއުސްތާޛު މުހައްމަދު މުނައްވަރު އަލީ/ ވެސްޓްބީޗް/ އއ މަތިވެރި

2- އަލްއުސްތާޛާ ޝީރީން ނާހިދާ އަލީ/ ގ.ނޫމަރާ ވިލާ

މި ނަންތައް ދިރާސާކުރުމަށް މަޖިލީހަށް ފޮނުއްވަމުން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ސިޓީގައި ވަނީ އެ ޓްރައިބިޔުނަލްއަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވީ ދެ ބޭފުޅުންކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!