ފުވައްމުލަކު ހޮސްޕިޓަލްގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދެއްކޭނެގޮތް ހަމަޖައްސައިފި

ފުވައްމުލަކުގައި ތިބެގެން، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދޭ ޑޮކްޓަރުންނަށް ދެއްކޭގޮތަށް ޓެލެކޮންސަލްޓޭޝަންގެ ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލްގައި ފަށައިފިއެވެ. މި ޚިދުމަތް ފުވައްމުލަކު ހޮސްޕިޓަލްގައި ފަށާފައިވަނީ އިއްޔެއެވެ.

ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ސަޢީދް ވިދާޅުވީ ފުވައްމުލަކުގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންނަށް، ދެއްކޭގޮތަށް ފެށި މި ޚިދުމަތަކީ މުޅިން އަލަށް އެ ހޮސްޕިޓަލްގައި ފެށި ޚިދުމަތެއްކަމަށެވެ.

އިއްޔެ ފެށި މިޚިދުމަތުގައި ފުވައްމުލަކުގައި ތިބެގެން ހުޅުމާލޭ ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކާފައިވަނީ ކަށީގެ މައްސަލަތަކުގައި ފަރުވާ ހޯދަން ބޭނުންވާ މީހުންނެވެ. އެގޮތުން ފުވައްމުލަކުގައި ތިބެގެން އެސިޓީގެ ހޮސްޕިޓަލް މެދުވެރިކޮށް، 6 މީހުންވަނީ ހުޅުމާލޭ ހޮސްޕިޓަލްގެ ކަށީގެ ޑޮކްޓަރަށް ދައްކާފައެވެ. މި ޚިދުމަތް ދެނީ ޒޫމް މެދުވެރިކޮށް ވީޑިއޯ ކޮންފަރެންސްގެ ޒަރިއްޔާއިންނެވެ.

އަޙްމަދު ސަޢީދު ވިދާޅުވީ ހުޅުމާލޭ ހޮސްޕިޓަލާއެކު އަދި އެއްބަސްވެފައިވަނީ 5 ދާއިރާއަކުން ޓެލެކޮންސަލްޓެންސީގެ ޚިދުމަތް ހޯދުމަށްކަމަށެވެ. މީގެތެރޭގައި ހިމެނެނީ ހިތުގެ ބަލިތަކާއި، ހަމުގެ ބައްޔާއި ކަށީގެ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކާއި ޖެނެރަލް ސަރޖަރީއާއި ގުޅޭ ޓެލެކޮންސަލްޓޭޝަންއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!