ހިތަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

އައްޑޫ ސިޓީ ހިތަދޫ އަށް މީހުން އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މޮނިޓަރިން އުވާލައިފިއެވެ.

ހިތަދޫ މޮނިޓަރިންގެ ހާލަތައް ގެނައީ އިއްޔެގެ ވަގުތެއްގައެވެ. އެއީ އެރަށުގައި ހުރި ބިދޭސީއަކު ޕޮޒިޓިވް ވުމުންނެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ހިތަދޫ ކައުންސިލަށް ފޮނުވި އެންގުމެއްގައި ވިދާޅުވީ ބަލަން ޖެހޭ ކަންތައްތައް ބެލިއިރު ހިތަދޫގެ މޮނިޓަރިންގެ ހާލަތު އިތުރަށް ދަމަހައްޓަން ޖެހޭ ސަބަބެއް ނެތްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

މިހާތަނަށް އައްޑޫ އިން ވަނީ ކޮވިޑް-19 އަށް 3 މީހަކު ޕޮޒިޓިވް ވެފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!