ބޮޑުފިނޮ ހަމަ ނުޖެހުން: 19 ބިދޭސީންގެ މައްސަލާގައި ބައިނަލް އަގްވާމީ އެހީ ހޯދަނީ

ބ. ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި މައްސަލާގައި ހައްޔަރުކުރި 19 ބިދޭސީންގެ މައްސަަލައިގައި ބައިނަލްއަގްވާމީ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.

ބޮޑުފިނޮޅުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި ބިދޭސީން ފުލުހުންގެ ބަންދުން ދޫކޮށްލައި އިމިގްރޭޝަނުގެ ޑިޓެންޝަން ސެންޓަރުގައި ބަންދު ކޮށްފައިވާއިރު އެ ފަރާތްތައް ރާއްޖެއިން ޑީޕޯޓް ކުރުން ހުއްޓުވުމުގެ ހޭބިއަސް ކޯޕަސްގެ އަމުރަކަށް، އެ ބިދޭސީންގެ ވަކީލުން ވަނީ ކްރިމިނަލް ކޯތުގައި އެދިފަ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އަމުރު ނެރެދެވެން ނެތް ކަމަށެވެ.

މިކަމާ ގުޅިގެން ވަކީލުންގެ ޓިމުން ނެރުނު އެހެން ބަޔާނެއްގައި ބުނެފައި ވަނީ މި މައްސަލަ އަށް ހައްލެއް ހޯދުމަށް ބައިނަލްއަގްވާމީ އެހީ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން މި މައްސަލަ، އިންޓަނޭޝަނަލް އޮގަނައިޒޭޝަން ފޯ އިމިގްރޭޝަން (އައިއޯއެމް) ގެ އިތުރުން، އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އަށް ހުށަހެޅުމަށްޓަކައި ބޭރުގެ ފަރާތްތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.

  1. ޤަވައިދްއާ ހިލާފަށް އުޅޭ ބިދޭސީން ވަކީލުންގެ ގެގޭގަ ރެގިސްޓްރީ ކޮށްދިނުމަށް ގޮވާލަން،ޤާނޫންނަ ހިލާފަށް ފުލުހުންނަ ކުރިމަތިލަ އަނިޔާ ފުލުޖުންނަށް ދިން ބަޔެއްގެ ދިފާއުގާ ވަކީލުންތަކެއް،، މުސީބާތެއް ޤައުމަމަށް ޖެހިފަ އޮތް، ޤައުމަށް ހުތުރު އަރުވާ،

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!