ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލި 41 މީހުންގެ ނަން ދިރާސާކުރުމަށް ކޮމިޓީއަށް

ސިވިލް ސަރވިސް ކޮމިޝަނު(ސީއެސްސީ) އިން ހުސްވެފައިވާ 4 މަގާމަށް ކުރިމަތިލެއްވި 41 ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމުގައި މިހާރު ހުންނެވީ ފާތުމަތު އާމިރާ އެކަންޏެވެ. މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ސީއެސްސީގެ 4 މެމްބަރަކު ވަކި ކުރުމަށް ނިންމާ މަޖިލީހުގެ ތަޅުމަށް ފޮނުވުމާއި ގުޅިގެން ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި، ނައިބް ރައީސް ޝަހީދު މުޙައްމަދުގެ އިތުރުން މެމްބަރު ޒަކަރިއްޔާ ޙުސައިން ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމުން އެކޮމިޝަންގެ މެމްބަރުކަމުން ވަކިކޮށްފައިވަނީ ކޮމިޝަންގެ މެމްބަރު އިބްރާހީމް ޝަހީޤެވެ. އޭނާ ވަކިކޮށްފައިވަނީ 48 މެމްބަރުންގެ ވޯޓުންނެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ 4 މަގާމު ހުސްވެފައިވަނީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު އެވެ. އޭގަފަހުން ސީއެސްސީއަށް ކުރިމަތިލާން މަޖިލީހުން ހުޅުވާލި ފުރުސަތުގައި އެކަމަށް 41 މެމްބަރަކު ވަނީ ކުރިމަތިލައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!