ރަންދެލި ރިސޯޓުން ނ. އަތޮޅުގެ ރަށްތަކަށް ޕީޕީއީ ހަދިޔާކޮށްފި

ޝެވަލް ބްލޮންކް ރަންދެލި ރިސޯޓުން ނ އަތޮޅުގެ ރަށްތަކަށް ޕަރސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހަދިޔާ ކޮށްފިއެވެ.

ނ. އަތޮޅު ހޮސްޕިޓަލާއި، ވެލިދޫ ހެލްތް ސެންޓަރ އަދި މާފަރު ހެލްތް ސެންޓަރާއި މިތަކެތި ހަވާލު ކޮށްފައިވަނީ ހޮނިހިރު ދުވަހުއެވެ. އެގޮތުން ނ. އަތޮޅު ހޮސްޕިޓަލަށް 2 ވެންޓިލޭޓަރ، 2 ޕަލްސް ޗެކަރ، 10 ބީޕީ އެޕްރޭޗަރ، 5 ކާޑިއެކް މޮނީޓަރ ގެ އިތުރުން 1000 ޕީޕީއީ ގުލޯވްސް ވަނީ ހަދިޔާ ކޮށްފައެވެ.

ވެލިދޫ ހެލްތު ސެންޓަރަށް 300 ސާރޖިކަލް ގުލޯވްސް އާއި 4020 ހޭންޑް ސެނެޓައިޒަރ ވަނީ ހަދިޔާ ކޮށްފައެވެ. އަދި މާފަރު ހެލްތު ސެންޓަރަށް ހަދިޔާ ކޮށްފައިވަނީ 170 ގުލޯވްސް އާއި 4000 ހޭންޑް ސެނެޓައިޒަރއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!