ކިއާރާ އަދްވާނީ އެންމެ ލޯބިކުރަނީ ކޯއްޗަކަށް ކަން އެނގޭތަ؟

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ޒުވާން ބަތަލާ ކިއާރާ އަދްވާނީ އަކީ މާމެލާމެއްޔަށް ލޯބިކުރާ މީހެއް ކަން އަންގައިދެނީ އޭނާ ލައި އުޅޭ ހެދުންތަކުން އެކަންޏެއް ނޫނެވެ. ކިއާރާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރާ ގޭތެރޭގެ ވީޑިއޯތަކުން، މާމެލާމެއްޔަށް ލޯބިކުރާ މިންވަރު ދައްކުވައިދެއެވެ.

View this post on Instagram

MM🙌🏼🌸

A post shared by KIARA (@kiaraaliaadvani) on

އެގޮތުން، 28 އަހަރުގެ ބަތަލާ އިންސްޓަގްރާމްގައި ހިއްސާކޮށްފައި ހުރި ވީޑިއޯތަކުންނާއި ފޮޓޯތަކުން ފެންނަނީ، އެގޭގެ އެކި ތަންތާނގައި ތަފާތު ވައްތަރުގެ މާ ޓުކުރިތައް ބަހައްޓާފައި ހުންނަ މަންޒަރެވެ. ބަދިގެ ކައުންޓަރުވެސް މަލުން ޒީނަތްކޮށްފައި ހުރުމުން އެނގެނީ، ކިއާރާ އެންމެ ލޯބިކުރަނީ ތަފާތު ވައްތަރުގެ މާމެލާމެއްޔަށް ކަމެވެ.

މީގެ އިތުރުން، ކިއާރާ އެންމެ ގިނައިން ލައި އުޅެނީ ވެސް ފްލޯރަލް ޕްރިންޓްގެ ހެދުމެވެ.

ފާހަގަކޮށްލެވޭ ކަމަކީ، އަހަރެމެން ދިވެހިންގެ ތެރޭގައިވެސް މާމެލާމެއްޔާއި އިންޑޯ ޕްލާންޓްސް ގެންގުޅުމަށް އޮތް ލޯބި އިތުރުވެފައި އޮތް ކަމެވެ.

އެންމެ ގިނަ މީހުން ކިއާރާ ދަންނަނީ ޝާހިދު ކަޕޫރާއެކު މިދިޔަ އަހަރު ކުޅުނު “ކަބީރް ސިންގް” ފިލްމުން ޕްރީތީގެ ގޮތުގައެވެ. މީގެ އިތުރުން ކިއާރާ ކުޅުނު ފިލްމުތަކުގެ ތެރޭގައި “ގުޑް ނިއުޒް” އަދި “އެމް.އެސް ދޯނީ: ދަން އަންޓޯލްޑް ސްޓޯރީ” ހިމެނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!