ސުޝާންތުގެ މެނޭޖަރ މަރުވެފައި އޮތް އިރު އޮތީ ބަރަހަނާކޮށް؟

ބޮލީވުޑްގެ އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތުގެ ކުރީގެ މެނޭޖަރ ދިޝާ ސާލިއާންގެ ހަށިގަނޑު ފެނުނު އިރު އޮތީ ބަރަހަނާކޮށް ކަމަށް ބުނާ ބުނުން މުމްބާއި ގެ ފުލުހުން ދޮގު ކޮށްފިއެވެ.

ސުޝާންތުގެ ކުރީގެ މެނޭޖަރ ދިޝާ ސާލިއާ މުމްބާއީގެ އިމާރާތެއްގެ 14 ވަނަ ބުރީގައި ހުރި އޭނާގެ ރައްޓެއްސެއްގެ އެޕާޓްމަންޓުގެ ކުޑަދޮރުން ވެއްޓި މަރުވެފައިވަނީ މިދިޔަ ޖޫންމަހުގެ 8 ވަނަ ދުވަހުއެވެ. އަދި ޙާދިސާއަށް ހަފްތާއެއްވެސް ނުވަނީސް އުމުރުން 34 އަހަރުގެ ސުޝާންތު އޭނާގެ އަމިއްލަ އެޕާޓްމަންޓުގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ޖޫން 14 ވަނަ ދުވަހުއެވެ. މި ދެ މަރުވެސް މުމްބާއީ ފުލުހުން އަންނަނީ ތަޙުޤީގުކުރަމުންނެވެ.

މިކަމާއި ގުޅިގެން އެކި ވާހަކަތައް ދެކެވެމުން، ދިޝާ ސާލިއާން މަރުވީ އަމިއްލައަށް ނޫން ކަމަށާއި، މީހަކު އޭނާ ރޭޕްކޮށް މަރާލީ ކަމަށް އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ މެންބަރެއް ވަނީ ހާމަކޮށްފިއެވެ. އަދި ދިޝާގެ ޖިންސީ ގުނަވަނަށް ގެއްލުން ލިބިފައިވާކަން، އޭނާގެ އޯޓޮޕްސީ ރިޕޯޓުން ވެސް ފެންނަން ހުރި އޭނާ ވަނީ ބުނެފައެވެ.

އެހެން ނަމަވެސް މިވާހަކަތަކަށް ފުލުހުން ވިދާޅުވީ ދިޝާގެ މަރާއި ގުޅިގެން އެތަނަށް ހާޒިރުވި ފުލުހުންވެސް އެކަން ދޮގު ކުރާ ކަމަށާއި އެތަނުގައި އޭނާގެ ބެލެނިވެރިންވެސް ހާޒިރުވެ ތިބި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!