މޫނުގެ ހަންގަޑުގެ ތެޔޮކަން ފިލުވަން ބޭނުން ނަމަ ހެޔޮނުވާނެ މި ކިޔާ!

މޫނުގެ ހަންގަނޑަށް އެއްވެސް ފަރުވާއެއް ދިނުމުގެ ކުރިން އެހަންގަޑުގެ ހާލަތު ދެނެގަތުން  ވަރަށް މުހިއްމެވެ. މޫނާއި ގުޅޭތަކެތި ދެނެގަނޭވީ އޭރުންނެވެ. އާއްމުގޮތެއްގައި ހަންގަނޑުގެ ހުންނަނީ ދެވައްތަރެކެވެ. ވަރަށް ބޮޑަށް ހިކިފައިހުންނަ ވައްތަރަކާއި އަވަހަށް ތެޔޮވާ ވައްތަރުގެ ހަންގަނޑެވެ.

މިއަދު މި ހިމަނާލަނީ ތެޔޮވެފައި ހުންނަ މޫނުގެ ހަންގަނޑަށް ހާއްސަ، ފަސޭހައިން ތައްޔާރުކޮއްލެވޭނެ ޙަރަދުކުޑަ 3 ފޭސް މާސްކެކެވެ.

  • ބިހުގެ ލޮދި، ކިއުކަމްބާ އަދި މިންޓް

ބިހުގެ ލޮންޖަކީ ތެޔޮ ހަންގަނޑަށް ވަރަށް މުހިއްމު މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ކިއުކަންބާއަކީ މޫނުގެ ހަންގަނޑު މަޑުކޮއްދޭނެ އެއްޗެކެވެ. އަދި މިންޓްގެ ސަބަބުން ބިއްސާ ލަކުނު ފަސޭހައިން ފިލުވާލައެވެ. މިތަކެތި އެއްކޮއްލުމަށްފަހު ރީތިކޮށް މުގުރާލައިގެން މޫނުގައި އުގުޅާށެވެ. 20 ވަރަކަށް މިނެޓް ފަހުން ނަގާށެވެ.

  • ދޮންކެޔޮ ، ލުނބޯހުތް އަދި އޮލިވް އޮއިލް

މޫނު ސާފުކޮއްލާ ލަކުނު ފިލުވާލުމަށް މިއީވެސް ތައްޔާރު ކޮއްލެވިދާނެ މާސްކެކެވެ. ދޮންކެޔޮ ރީތިކޮށް ޗިސްޗިސް ކޮއްލުމަށްފަހު އޭގެ ތެރެއަށް ލުބޯހުއްކޮޅާއި ތެޔޮފޮދު އަޅާ ރީތިކޮށް އެއްކޮއްލާށެވެ. މޫނުގައި އުގުޅުމަށްފަހު 20 މިނެޓް ވުމުން ނަގާށެވެ.

  • ބޭސަން ނުވަތަ ޗިކްޕީސް ފުއް ، ރީދޫ އަދި ޕްލެއިން ޔޯގަޓް

މިއީ މާބޮޑަށް ތެޔޮވާ މޫނުގެ ތެޔޮކަން އެއްހަމައެއްގައި ހިފަހައްޓައިދީ މޫނު މޮއިސްޓަރައިޒް ކޮއްލުމަށް ވަރަށް ރަގަނޅު މާސްކެކެވެ. ޔޯގަޓް ކޮޅުގެ ތެރެއަށް ރީދޫ އަދި ފުއްކޮޅު އަޅާލުމަށްފަހު ރީތިކޮށް އެއްކޮއްލާށެވެ. މޫނުގައި އުގުޅުމަށްފަހު 20 މިނެޓް ވުމުން ނަގާށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!