ފިރިމީހާ ކުރާ މިކަންތައްތައް އަނބިމީހާއަށް ކަމަކުނުދޭ!

ކައިވެނި ކޮށްގެން އެއްގެއެއްގައި ދިރިއުޅޭއިރު، އެކަކު ހިތްހަމަނުޖެހޭ ސިފަތައް އަނެކާގެ ކިބައިން ފެނުމަކީ އާއްމުކަމެކެވެ. ނަމަވެސް މިކަންކަން މާ ބޮޑު މައްސަލައަކަށް ނުހަދައި، ދެމީހުން ރީތިކޮށް ވާހަކަ ދައްކައިގެން ހައްލުކޮށްފި ނަމަ އެކީގައި ދިރިއުޅެން ފަސޭހަ ވާނެއެވެ. މިފަހަރު މި ކިޔައިދެނީ، ގިނަ އަންހެނުންނަށް އެމީހުންގެ ފިރިމީހާގެ ކިބައިން ފެންނަ ކަމުނުދާ ބައެއް ސިފަތަކެވެ.

1. ގޭތެރެ ހަޑިކުރަން

ބައެއް ފިރިހެނުންނަކީ، އޮފީހުން ގެއަށް އަންނަގޮތަށް ބޫޓާއި އިސްޓާކީނު ފަދަ ތަކެތި އެތަން މިތަނަކަށް އުކާ މީހުންނެވެ. އަދި އެއްޗެހި ބަދަލުކޮށްފިނަމަ، އަންނައުނު ވެސް އެކި ތަންތަނަށް “ގުޅައަށް ޖަހާފައި” އޮވެދާނެއެވެ. މިއީ ފިރިހެނުންގެ ފަރާތުން ފެންނަ، އަންހެނުން ވަރަށް ފޫހިވާ ސިފައެކެވެ. އެންމެ ކުޑަމިނުން، އަމިއްލަ ތަކެތި ތަރުތީބުން ބަހައްޓަން ސަމާލުކަން ދޭންވާނެއެވެ.

2. ގޭތެރޭގެ މަސައްކަތުގައި އެހީ ނުވުން

ފިރިހެނުންނަށް ހީވެފައި އޮންނަ އެއްޗަކީ ގޭތެރޭގެ ހުރިހާ މަސައްކަތަކީ ހަމައެކަނި އަންހެން މީހާގެ ޒިންމާއެއް ކަމެވެ. ނަމަވެސް، ބައެއް ކަންތައްތަކުގައި އަނބިމީހާއަށް އަތްގާތް ކޮށްދީ އެހީތެރިވުމަކީ ފިރިމީހާ ވެސް ކުރަންޖެހޭނެ ކަމެކެވެ. ގޭތެރޭގެ އެއްވެސް ކަމެއްގައި ފިރިމީހާގެ އެހީ ނުލިބޭ ނަމަ އަންހެނުން ފޫހިވެއެވެ.

3. ދައްކާ ވާހަކަ އަޑު ނޭހުން

ބައެއް ފިރިހެނުންނަކީ ހުއްޓާނުލައި ވާހަކަ ދައްކާ މީހުންނެވެ. ނަމަވެސް ދެވަނަ މީހެއްގެ ވާހަކަ އަޑުއެހުމުގެ ޤާބިލުކަމެއް ނުހުރެއެވެ. އަނެއްކޮޅުން އަންހެނުންނަކީ އަނގަގަދަ ބައެއްކަން އެންމެންނަށް ވެސް އެނގެއެވެ. ދައްކާ ވާހަކަ ފިރިމީހާ އަޑު ނޭހުމަކީ އަންހެނުން ދެރަވެ، ފޫހިވާ ކަމެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!