ޕަރިނީތީ ހިކެން ކަސްރަތު ކުރުމުގެ ބަދަލުގައި ކުރާ ކަމަކީ މި!

ބޮލީވުޑުގެ ޒުވާން އެކްޓްރެސް ޕަރިނީތީ ޗޯޕްރާ އަކީ ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން ހަށިގަނޑު ފަލަ ބަރު ކުއްޖެކެވެ. ކެއުމަށް ފޯރިހުންނަ ކަސްރަތުކުރާ ހިތްނުވާ ޕަރިނީތީ ހިކުނުގޮތުގެ ވާހަކައިން ފަހަރުގައި އަހަރެމެންތެރޭގައި އުޅޭ ކަސްރަތުކުރަން ބޭނުންނުވާ ކުދިންނަށް އިބުރަތެއް ލިބިދާނެއެވެ.

ނެށުމާއި މޫދަށް ދިއުމަށް ޝައުޤުވެރިކަން ހުންނަ ޕަރިނީތީ ކަސްރަތު ކުރުމުގެ ބަދަލުގައި ކުރަނީ މިކަންކަމެވެ. ކޮންމެ ދުވަހަކު ފެތުމާއި ނެށުމުން އޭނަގެ ހަށިގަނޑަށް ބެނުންވާ ކަސްރަތު ހޯދައެވެ. އިތުރަށް އޭނާ ޔޯގާއަށް ވަގުތުކޮޅެއް ހޭދަކުރާއިރު ކެއުމުގެ ވައްޓަފާޅިއަށްވެސް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނައެވެ.

ޕަރިނީތީ ބުނާގޮތުގައި ނުކައި ހުރުމަކީ އޭނާއަށް ކުރަން ވަރަށް އުނދަގޫކަމެކެވެ. އެހެން ނަމަވެސް ކެއުމަށްޓަކައި ބެނުންކުރެވޭ ބައެއްތަކެތި އޭނާ ބަދަލުކުރިއެވެ. އޭނާގެ ކެއުމުގައި ހަށިގަނޑަށް ފައިދާހުރި ތަކެތި ހިމަނާލާ ކެލޮރީސް ނައްތާލާފަދަ ކާނާ އިތުރުކުރިއެވެ. ޕެކެޓްކުރި ކާނާގެ އިތުރުން ފޮނިތަކެތި މަދުކޮށް ޕްރޮޓީންގިނަ ބިހުގެ ހުދުބަޔާއި ކިރު ފަދަ ތަކެތި އިތުރުކުރިއެވެ.

ޕަރިނީތީ ކެއުމާއި ބުއިމަށް އާއްމުކޮށް ބޭނުންކުރާ ކާނާތަށް ހިއްސާކުރަމުން އޭނާ ބުނެފައިވަނީ މުޅިންވެސް ބޮނީ ޝުގާރ ފުރީ މިލްކް އަދި ޖޫސް ކަމަށެވެ. އަދި ބޮޑެތި ކެއުންތަކުގައި ބުރައުން ބަތާއި ބުރައުން ބުރެޑް ބޭނުންކުޜާއިރު އެއްވެސް ވަރަކަށް ހުދު ހަޑޫ އަދި ހުދު ޕާން ނުކާކަމަށް ޕަރިނީތީ ބުނެއެވެ. އަދި އެންމެ ހާއްސަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރީ ރޭގަނޑުގެ ކެއުން ލަސްވެގެން 8 ޖެހުމުގެ ކުރިން ކާކަމަށެވެ.

ޕަރިނީތީއަކީ ބޮލީވުޑަށް ގުޅުނު ހިސާބުން ފެށިގެން މިއަދާ ހަމައަށްވެސް ހަށިގަނޑު އެއް ހަމައަކަށް ބަހައްޓާ ކުޅަދާނަ އެކްޓްރެސްއެކެވެ. ގޯލްމާލް އަގެއިން ، ޖަބަރިޔާ ޖޯޅީ ފަދަ މަޝްހޫރު ފިލްމުތަކުން ޕަރިނީތީ ވަނީ ފެނިގެން ގޮސްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!