ސުޝާންތުގެ މަރާއި ގުޅިގެން އަނެއްކާވެސް ރިއާ ދޮގު ހެދި ކަމުގެ ތުހުމަތުތަކެއް!

އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުގެ މަރުގެ ތަހުގީގުގައި، ސުޝާންތުގެ ފައިސާތަކަކަށް މަކަރުހަދައި އޭގެ ބޭނުންކޮށްފައިވާ ކަމަށް ސުޝާންތުގެ އާއިލާއިން ކުރި ތުހުމަތުތަކާއި ގުޅިގެން ރިއާ އަތުގައި އޮތީ ސުޝާންތަށް ނިސްބަތްވާ އެންމެ އެއްޗެއް ކަމަށާއި، ދެން އޮތީ ސުޝާންތުގެ ޑައިރީއެއްގެ ޞަފްހާއެއް ކަމަށް ބުނި ބުނުން ސުޝާންތުގެ ފޭނުން ދޮގު ކޮށްފިއެވެ.

ރިއާ ބުނިގޮތުގައި ރިއާގެ އަތުގައި އޮތް ސުޝާންތުގެ އެއްޗަކީ ސުޝާންތު ކުޅުނު ފިލްމު ކަމަށްވާ “ޗިޗޯރޭ” ގެ ނަން ޖަހާފައި އޮތް ފެން އަޅަން ގެންގުޅޭ ފުޅިއެކެވެ. ހަމައެހެންމެ، ސުޝާންތު ލިޔެފައި އޮތް ޑައިރީގެ ރިއާގެ އާއިލާގެ އެންމެންނަށް ޝުކުރުވެރިވާ ވާހަކަ ލިޔެފައި އޮތް ޞަފްހާއެއް ވެސް އޮތް ކަމަށް ރިއާ ހިއްސާކުރިއެވެ.

ޑައިރީގެ ފޮޓޯތައް އާއްމުވުމާއެކު ގިނަ ބަޔަކު ވަނީ އެއީ ސުޝާންތު ލިޔެފައިވާ އެއްޗެއް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެ ސުޝާންތުގެ ކުރީގެ ލިޔުންތަކާއި މި ލިޔުމާއި އަޅާކިޔައި ހުރި ތަފާތުތައް ފާހަގަކޮށްފައިއެވެ.

އެގޮތުން އެލިޔުމުގައި ހުރި ގިނަ އަކުރުތަކަކީ މީގެ ކުރިން ސުޝާންތުގެ އަތު ލިޔުމާއި ވަރަށް ތަފާތުކަން ފޭނުން ވަނީ ފާހަގަ ކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!