ރިތިކް ބުނަނީ ޖާދޫ މަތިން ވަރަށް ހަނދާންވާ ކަމަށް!

އެކްޓަރު ރިތިކް ރޯޝަންގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ “ކޮއި މިލް ގަޔާ” އަށް 17 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރިތިކްގެ ޓްވިޓާގައި އެ ފިލްމުގެ މަންޒަރެއް ހިއްސާކޮށް، ޖާދޫ މަތިން ހަނދާންވާ ކަމަށް ބުނެފިއެވެ.

2003 ވަނަ އަހަރު ނުކުތް “ކޮއި މިލް ގަޔާ” އަކީ އިންސާނަކާއި އޭލިއަނެއްގެ އެކުވެރިކަން ދައްކުވައިދޭ ފިލްމެކެވެ. އެ ފިލްމުގައި އުޅޭ އޭލިއަން (ޖާދޫ) އަކީ ކުޑަކުދިންގެ މެދުގައި ވަރަށް މަޤުބޫލު ކެރެކްޓާއެކެވެ. އަދި އެ ފިލްމަށްފަހު ޖާދޫގެ އެހެން ފެނިލުމެއް ދެވަނަ ފިލްމަކުން ފެނޭތޯ އިންތިޒާރުގައި ތިބި މީހުންނަށް މިހާރު ވަނީ އުފާވެރި ޙަބަރެއް ލިބިފައެވެ.

އެއީ ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ގެނެސްދޭ “ކްރިޝް”ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމުގައި ޖާދޫ ފެނިދާނެ ކަމުގެ އިޝާރާތެއް ކޮށްފައި ވާތީއެވެ. “ކޮއި މިލް ގަޔާ” އަކީ އެ ފްރެންޗައިޒްގެ ފުރަތަމަ ފިލްމެވެ. އެއަށްފަހު އެ ސީރީޒްގެ ނުކުތް ހުރިހާ ފިލްމަކަށް ވެސް ވަނީ ބެލުންތެރިންގެ ތަރުހީބު ލިބިފައެވެ. ނަމަވެސް “ކްރިޝް 4” ބެލުންތެރިންނާ ހަމައަށް ފެންނާނެ ތާރީޙެއް އަދި ނޭނގެއެވެ.

ބޮކްސް އޮފީހުގައި ހިޓަކަށް ވެގެންދިޔަ “ކޮއި މިލް ގަޔާ” ގައި ބަތަލާގެ ރޯލު ކުޅުނީ ޕްރިތީ ޒިންތާއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!