ފިރިމީހާ ހޭލައްވަން ސަނީ ކުރި ކަމަކުން މަ މިހިރީ ކޮސްވެފަ

މިވަގުތު ލޮސްއެންޖެލިސްގައި ހުރި ސަނީ ލިއޯން މިވަނީ ފިރިމީހާ ޑެނިއަލް ވެބާއަށް ބޮޑު ލަނޑެއްދީފައިއެވެ.

އިސްޓަގްރާމްގައި ސަނީ ޝެއާކުރި ވީޑިއޯގައި ބުނެފައިވަނީ ފިރިމީހާ އެއްވެސް ކަމައެއްގައި އެހީ ނުވެ ނިދަނީ ކަމަށެވެ. އެހެންވެ ފިރިމީހާ ހޭލައްވާ ލުމަށް އޭނާ ވަނީ ވަރުގަދަ ލަންޑެއް ދީފައިއެވެ.

ނިދާފައި އޮތް ފިރިމީހާ މި ޕްރޭންކް ގެ ސަބަބުން ސިހިފައި ހޭލައެވެ. އެހެން ކަމުން މީ ވަރަށް ކާމިޔާބު ޕްރޭންކެއް ކަމުގައި ބުނެވިދާނެއެވެ.

ބިގްބޮސް ސީޒން 5 އިން މި ދާއިރާއަށް ނިކުތް ސަނީ ވަނީ ގިނަ ބައެއްގެ މަގު ބޫލު ކަން ހޯދާފައިއެވެ. މިހާރު ތިން ދަރިންގެ މަންމަ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނި ރިއަލިޓީ ޓީވީ ޝޯވ ސްޕްލިޓްސް ވިލާއިންނެވެ.

ސަނީ ގެ މަގުބޫލް ފިލްމްތަކުގެ ތެރޭގައި ޖިސްމް2، ހޭޓް ސްޓޯރީ 2، ރާގިނީ އެސްއެމްއެސް ފަދަ ފިލްމުތަށް ފާހަގަ ކޮށްލެވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!