ރާނާ ކައިވެނި ކޮށްފި

ފިލްމީ ތަރި ރާނާ ދަގޫބަތީ އާއި ލޯބިވެރިޔާ މިހިކާ ބަޖާޖް ކައިވެނި ކޮށްފިއެވެ.

ކުރިންވެސް އިއުލާން ކޮށްފައި ވާ ގޮތުގެ މަތިން ރާނާ ކައިވެނި ކުރީ މި މަހުގެ 8 ވަނަދުވަހުއެވެ. ޓެންގުލް އަދި މާރްވަރީގެ ސަގާފަތާ އެއްގޮތަށް ކުރެވިގެން ދިޔަ މި ކައިވެނީގައި ބައިވެރިވެފައި ވަނީ ހަމަ އެކަނި އާއިލާ ގެ މީހުންނާއި ގާތް ރައްޓެހިން އެކަންޔެވެ.

މިހާރުގެ ކޮވިޑް-19ގެ ހާލަތަށް ބަލައި ކައިވެނި ކުރެވިގެން ދިޔައީ އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ރާނާގެ ކައިވެނީގެ ޕޮޓޯތަށް އާންމުވުމާއި އެކު ފޭނުންގެ ފަރާތުން ދަނީ މަރުހަބާގެ މެސެޖުތަށް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!