ރައީސް ސޯލިހްގެ ތަރައްގީގެ މަޝްރޫއުތައް ފަތުއަޑު ކިޔާފަ ދަނީ ބާރަށް ކުރިއަށް: މަހުލޫފް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ތަރައްގީގެ މަޝްރޫއުތައް ފަތުއަޑުކިޔާފައި ދަނީ ކުރިއަށް ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުގައި މިވަގުތު ހިނގާ ތަރައްގީގެ މަޝްރޫއުތަކުގެ ފޮޓޯ ވެސް ހިއްސާކުރައްވައި މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރަައީސްގެ ތަރައްގީގެ މަޝްރޫއުތައް ފަތުއަޑުކިޔާފައި ދަނީ ބާރަށް ކުރިއަށް ކަމަށެވެ. 

މީގެއިތުރުން މިއަދު މެންދުރު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޭބުޑުގައި ދުބުޅި ބަދިގެ އިންޖީނުގެ ހުރުމުން ރައްޔިތުންނަށް ނުނިދޭތީ އެތަން މީހުން ނޫޅޭ ސަރަހައްދަކަށް ބަދަލުކޮށް އާ އިންޖީނުގެއެއް ހެދުމުގެ މަސައްކަތް ފެނަކައިން ކުރިއަށް ގެންދާކަމަށް ވެސް ވިދާޅުވި އެވެ. މަހުލޫފް ވިދާޅުވީ މި ޕްރޮޖެކްޓްތަކުގެ އިތުރުން ނެޓްވޯކް އަޕްގުރޭޑިން ހިމެނޭގޮތަށް ޖުމުލަ 51 މަޝްރޫއެއް ރަށްރަށުގައި ބާރަށް ކުރިއަށް ދާކަމަށެވެ.

މަހްލޫފް ވަނީ އެ ޓްވީޓުގައިވެސް ތަރައްގީގެ އެކި މަޝްރޫއުތަކުގެ ފޮޓޯތައް ހިއްސާކުރައްވާފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!