އައްޑޫ ސިޓީން އަނެއްކާވެސް މީހަކު ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީ ހިތަދޫން އަންހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ހިތަދޫން ޕޮޒިޓިވްވެފައިވަނީ 58 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާއަކީ ހޯމް ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ޓެސްޓު ކުރި މީހެެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މީހާއާއި އެކު އައްޑޫ ހިތަދޫއިން ކޮވިޑް-19 އަށް ތިން މީހަކު މިހާތަނަށް ވަނި ޕޮޒިޓިވްވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!