އައްޑޫ ފުވައްމުލަށް ފެރީ ދަތުރުތައް މެދުކަނޑާލައިފި

އައްޑޫސިޓީ އަދި ފުވައްމުލައްސިޓީ އާއި ދެމެދު ކުރަމުންދިޔަ ދަތުރުތައް މެދުކަނޑާލައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސަދަން ޓްރާންސްޕޯޓު ލިންކުން ބުނީ ދިވެހިރާއްޖޭގައި ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އައްޑޫ ސިޓީގެ ހިތަދޫ ލޮކްޑައުން ކުރުމާއި ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލްގެ އެންގުމުގެ މަތިން މާދަމާ (2020/08/10) އިން ފެށިގެން އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީ އާއި ދެމެދު ކުރަމުންދާ ދަތުރުތައް މެދުކަނޑާލެވިފައި ވާ ވާހަކަ ހިތާމަޔާއެކު ދަންނަވާ ކަމަށެވެ.

އަދި، މާދަމައިން ފެށިގެން ދަތުރު ކުރުމަށް ޓިކެޓް ނަގާފައިވާ ފަރާތްތަކައް އަލުން ދަތުރުތަށް ފެށުމުން އެޓިކެޓް ތަކަށް ދަތުރު ކުރެވޭނެ ކަމަށާއި ރީފަންޑް ބޭނުންވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލްތަކުގެ ތެރެއިން ދަތުރުތަށް ފެށި އޮފީސް ހުޅުވުމުން، ފޯމް ދޫކޮށް ބަލައިގަންނާގެ ވާހަކަ ދަންނަވާ ކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

ހިތަދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ ހިތަދޫގައި ހޯމް ކަރަންޓީނުގައި ހުރި ބަންގްލަދޭޝްގެ ރައްޔިތަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!