ޕޮޒިޓިވްވި މަހިބަދޫ މީހާގެ ދެވަނަ ސާމްޕަލް ނެގެޓިވް

އދ. މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިއްޔެ މާލެ ގެނައި އުމުރުން ދުވަސްވީ ބަލިމީހާގެ ދެވަނަ ސާމްޕަލް ނެގަޓިވްވެއްޖެ އެވެ.

މަހިބަދޫ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވި އުމުރުން 80 އަހަރުން މަތީގެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އދ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އެ މީހާގެ ދެ ވަނަ ޓެސްޓުގެ ނަތީޖާ ކޮވިޑް-19އަށް ނެގެޓިވްވެފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު އެ ހޮސްޕިޓަލަށް އަންގާފައިވާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!