ޑރ.އަބްދުﷲ މައުސޫމް އަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފި

ޓޫރިޒަމް މިނިސްޓަރު ކަަމަށް ޑރ.އަބްދުﷲ މައުސޫމް އަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި މީގެކުރިން ހުންނެވީ އަލީ ވަހީދު ކަމަށްވާއިރު، ޖިންސީ ފުރައްސާރައިގެ ސީރިއަސް ތުހުމަތުތަކެއް ކުރެވުމުން މިދިޔަ މަހުގެ ކުރީކޮޅު ރައީސް ސޯލިހު ވަނީ އޭނާ މަގާމުން ވަކިކުރައްވާފައެވެ. ޑރ.މައުސޫމް އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މަޢުޞޫމް ވަނީ 2008 ވަނަ އަހަރު މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ މަޤާމާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، އެނަރޖީ އެންޑް ވޯޓަރގެ މަޤާމާއި، 2009 ވަނަ އަހަރު ކެލާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމާއި، މޯލްޑިވްސް ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގެ އިސް މަޤާމުތައް ފުރުއްވާފައެވެ.