އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން އިއުލާން ކޮށްފައި ވަނީ އެޗްއާރްސީއެމްގެ މެންބަރު ކަމަށް ކުރިމަތިލާ ފޯމު ބަލައިގަތުން މި މަހުގެ 16، 17 އަދި 18 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް ރައީސް އޮފީސްގައި ކުރިއަށް ދާނެ ކަމަށެވެ.

އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓު www.presidencymaldives.gov.mv އިން ޑައުންލޯޑް ކުރެއްވޭނެއެވެ.

އެޗްއާރްސީއެމްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި މި ވަނީ، އެ ކޮމިޝަންގެ ބައެއް މެމްބަރުން މަޤާމުން އިސްތިއުފާދެއްވައި އިތުރު މެމްބަރަކު ރައްޔިތުންގެ މަޖިލީހުން ވަނީ މަޤާމުން ވަކި ކުރައްވާފައިވާތީ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!