މާލޭގައި ފެން ބޮޑުވެ ފެން ހިއްކުމުގެ މަސައްކަތް ސިފައިން ފަށައިފި

ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމުން މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ޓީމުން ފެން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑިއެފް) އިން ވިދާޅުވީ، މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ގުޅިގެން އެސްޓީއޯ ފުށް ގުދަނުގައި ޕަމްޕަ ބަހައްޓައިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ފަޔާރ އެންޑް ރެސްކިއު ސާރވިސްއިން މިހާރު ކުރަމުންދާކަމަށެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަރަކަށްވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ މިރޭ 21:00 އާއި ހަމައަށް މާލެ ހިމެނޭ ގޮތަށް ބ.އަތޮޅުން ފެށިގެން އދ.އަތޮޅާއި ދެމެދުގެ ސަރަހައްދަކަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!