މަހިބަދޫން މާލެ ގެނައި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އދ. މަހިބަދޫ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އިއްޔެ މާލެ ގެނައި އުމުރުން ދުވަސްވީ މީހެއްގެ ފުރަތަމަ ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މަހިބަދޫ ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ފޮނުވި އުމުރުން 80 އަހަރުން މަތީގެ ފިރިހެނަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއީ މަހިބަދޫއިން ގެންދިޔަ މީހަކު ވައިރަހަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މާލެ އިން ދިޔަ 12 ވަރަކަށް މީހުން ހޯމް އައިސޮލޭޝަންގައި ތިބި ނަމަވެސް ކޮވިޑަށް ޕޮޒިޓިވްވި މީހާއާ އެއްވެސް މީހަކާ ބައްދަލުވެފައި ނުވާތީ މިހާރު ދެވަނަ ސާމްޕަލެއް ނަގައި ނަތީޖާ ބަލަމުން އަންނަ ކަމަށް އެޗްޕީއޭ އިން ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!