ކާންޔެ ވެސްޓް ދަރިފުޅާއި އެކު ނަށަނީ، ކިމްއަށް ހެވެނީ: މި ވީޑިޔޯ ވައިރަލް ވެއްޖެ!

ކިމް ކާޑޭޝިއަން އާއި އޭނާގެ ފިރިމީހާ ކާންޔޭ ވެސްޓް ދަނީ އާއިލާ އާއި އެކު ވަގުތު ހޭދަކުރަމުންނެވެ.

މިދިޔަ ހުކުރު ދުވަހު 43 އަހަރުގެ ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ވަނީ އޭނާގެ 7 އަހަރުގެ އަންހެން ދަރިފުޅާއި އެކު އުޅޭ ވަރަށް ލޯބި ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި އާންމު ކޮށްފައެވެ. މިހާރު މި ވީޑިޔޯ ވަނީ މީޑިޔާގައި ވައިރަލް ވެފައެވެ.

މި ވީޑިޔޯގައި ފެންނަނީ ދަރިފުޅު ކޮންދުވަހެއް ހޭ އެހުމުން، މިއީ ހުކުރު ދުވަހޭ ބުނެ ކާންޔޭ ލަވައަކަށް ދަރިފުޅާއި އެކު ނަށާ މަންޒަރެވެ. ވީޑިޔޯ ކުރަމުން ދިޔައިރު ފަހަތުން ކާޑޭޝިއަން ހޭ އަޑު އިވެއެވެ.

އާއިލާ އެކު މިދުވަސްކޮޅު މި ދެމަފިރިން ވަގުތު ހޭދަ ކުރަމުން މިދަނީ ކައިވެނި ރޫޅިޔަ ނުދީ ހިފެހެއްޓުމަށް ކަމަށް މައުލޫމާތު ލިބެއެވެ. މި ދިޔަ މަހު ކާންޔެ ވެސްޓް ވަނީ އެމެރިކާގެ ރިޔާސީ ރޭހުގައި ވާދަކުރުމަށް ނިންމާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!