ބ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފި

މޫސުން ގޯސްވެ، 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ އެލާޓްގެ ވަގުތު އިތުރުކޮށްފައިވަނީ، މިރޭ 21:00 އާއި ހަމަށެވެ.

މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް ބޮކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަަށެވެ. އަދި ވިލާގަނޑުގައި 50 މޭލާއަށް ވައި ގަދާވާނެ ކަމަށާއި، ކަނޑުތައްވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވިދާޅުވެފައި ވެއެވެ.

ކުރިއަށްއޮތް ވަގުތުތަކުގެ މޫސުން ލަފާކުރެވޭ ގޮތަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވުމަށް އެދިފައެވެ.

ރާޅުގެ އުސްމިން ދެކުނުގައި 4 ފޫޓާއި 6 ފޫޓު ހުންނާނެ ކަމަށްވެސް މެޓް އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނީ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!