ފުލޫ ކުލިނިކްގެ ހިދުމަތް ދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ކޮވިޑް-19 އާއި ގުޅިގެން ހިދުމަތްދޭ ފުލޫ ކުލިނިކްތަކުގެ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.

އައިޖީއެމް އެޗް އިން ބުނީ މާލޭ ހިޔާ 2ގެ ފުރަގަހުގައި ކުރިއަށްދާ ފުލޫކުލިނިކުގެ ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފައިވާ ކަމަށާއި އެގޮތުން މިއަދުން ފެށިގެން އެ ކުލިނިކުގެ ހިދުމަތް ކުރިއަށްދާނީ ކޮންމެ ދުވަހެއްގެ ހެދުނު 09:00 ފެށިގެން ރޭގަނޑު 11:00 އަށް ކަމަށެވެ.

އައިޖީއެމް އެޗްއިން ބުނީ އެ ކުލިނިކުން ދިވެހިންގެ އިތުރުން ބިދޭސިންނަށްވެސް ދެއްކޭން އިންތިޒާމް ހަމަޖެހިފައިވާކަމަށެވެ. 

އައިޖީއެމްއެޗް އިން އިތުރަށް ބުނީ ހުން އައިސް ކެއްސާ ނުވަތަ ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ހޮސްޕިޓަލްތަކަށް ނުގޮސް ފުލޫ ކުލިނިކުތަކުން ފަރުވާ ހޯދުން އެދޭކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!