ސްޕެއިންގެ ކުރީގެ ރަސްގެފާނު 5000 ލޯބިވެރިން ގެންގުޅުނުކަމަށް ތުހުމަތުކޮށްފި

ސްޕެއިންގެ ކުރީގެ ރަސްގެފާނަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނާއި، މަނީ ލޯންޑަރިންގެ ކުށްތަކާއި ގުޅިގެން މިދިޔަ ހަފްތާގައި ރަސްގެފާނު ވަނީ ގައުމު ދޫކޮށް ގޮސްފައެވެ. އެގައުމުގެ ރިޓަޔަރ ކޮށްފައިވާ އުމުރުން 84 އަހަރުގެ ކާނަލް އިންގްލެސް ދަނީ ސްޕެއިންގެ ގެ ޝާހީއާއިލާ އަށް ފާޑު ކިޔަމުންނެވެ. 1990 ގައި އޭނާ މިލިޓަރީއިން ވަކިކޮށްފައި ވަނީ ވެސް ސަރުކާރާއި މެދު ހިޔާލު ފާޅުކޮށްގެންނެވެ.

ދާދި ފަހުން ސްޕެއިންގެ ކޯޓުން ވަނީ ޝާހީ ރަސްކަމަށް ފާޑު ކިޔައި ދެއްކި ވާހަކަ ތަކަކާއި ގުޅިގެން ކޯޓުން ވަނީ އިގްލެސް ބޮޑު އަދަދަކުން ޖޫރީމަނާ ކޮށްފައެވެ.

ކާނަލް އިންގްލެސް އަކީ ރަސްގެފާނު ބައިވެރިވުން ހިމެނޭ ކޮރަޕްޝަނުގެ މައްސަލަތަކުގައި އެންމެ ބޮޑަށް އަޑު އުފުލާ އެއް ފަރާތެވެ. މީގެ އިތުރުން އޭނާ ރަސްގެފާނާއި ބެހޭ ގޮތުން އެންމެ ފަހުން ނެރުނު ފޮތުގައި “ޖޫއަން ކާލޮސް 1، ދަ ކިންގް އޮފް 5000” ގައި ކުރީގެ ރަސްގެފާނު ކައިވެނިން ބޭރުން 5000 ލޯބިވެރިން ގެންގުޅުނުކަމަށް ވަނީ ތުހުމަތު ކޮށްފައެވެ.

އަދި އެފޮތުގައި ކުރީގެ ރަސްގެފާނަކީ ޖިންސީ ފުރައްސާރަކުރާ، އަދި ޖިންސީ އެދުންތަކަށް ދެވިހިފާފައިވާ މީހެއް ކަމަށް ހާމަކޮށްފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!