ސްކޫލް ހުޅުވުމާއި ގުޅިގެން 97000 ކުދިންނަށް ދެ ހަފްތާ ތެރޭ ކޮވިޑް ޖެހިއްޖެ

ޖުލައި މަހުގެ ފަހު 2 ހަފްތާގައި (16 ޖުަލައި އިން 30 ޖުލައިގެ ނިޔަލަށް) އެމެރިކާގައި އެއްލައްކަ އެއްހާ ކުދިންނަށް ކޮވިޑް19 ޖެހިފައިވާކަން ހާމަ ވެއްޖެއެވެ. ކޮވިޑް19 ކުޑަކުދިންނަށް މިހާ ބާރު މިނުގައި ޖެހެން މެދުވެރިވެފައި ވަނީ ސްކޫލްތައް ފެށުމާއި ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާގައި ކޮވިޑް19 ޖެހިގެން ރިޕޯޓްކޮށްފައިވާ 5 މިލިއަން މީހުންގެ ތެރެއިން 338،000 މީހުންނަކީ ކުޑަކުދިންނެވެ.

ޖުލައި މަހުގައި އެކަނިވެސް އެމެރިކާގައި 25 ކުއްޖަކު ކޮވިޑް19 ގައި މަރުވެފައިވާކަމަށް ވަނީ ރިޕޯޓް ކޮށްފައެވެ. އެމެރިކާގައި ބަލީގައި މަރުވާ މީހުންނާއި ބަލި ޖެހޭ މީހުންގެ ހަގީގީ އަދަދު މަދުން ދެއްކުމަށްޓަކައި ސިއްރުކުރާކަމަށް ގިނަބަޔަކު ތުހުމަތު ކުރައެވެ.

ކޮވީޑް19ގެ ނުރައްކާ ފިލާ ނުދާތީ، ދުނިޔޭގެ ގިނަ ގައުމުތަކުން އަދިވެސް އަހައްމިއްޔަތު ކަމެއް ދެނީ ދުރުންދޭ ތައުލީމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!