އުނގޫފާރުގައި ފެންހިންދާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފި

ރ. އުނގޫފާރުގައި ފެންހިންދާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިވަޅުލުމުގެ މަސައްކަތް ފަށައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އުނގޫފާރު މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން، ފެންހިންދާ ނިޒާމް ގާއިމުކުރުމަށް ބޭނުންވާ ހޮޅިވަޅުލުމުގެ މަސައްކަތްތައް ކުރިއަށްދާ ކަަމަށާއި، މިމަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަަމަށެވެ.

މި މަޝްރޫޢުގެ ދަށުން ގާއިމުކުރާ ފެން ހިންދާ ނިޒާމަކީ ރަށުގެ ވަށައިގެންވާ މޫދަށް ފެން ބޭރު ކުރުމުގެ ބަދަލުގައި ރަށުގެ ސާފު ފެން ފަށަލައާ ހަމަޔަށް ފެން ޕަންޕު ކޮށްދޭ ނިޒާމެއްކަން އެމްޓީސީސީން ބުނެއެވެ.

އެރަށުގެ ކައުންސިލުން ބުނީ ރަށުގައި ތަރައްގީއަށް ހިންގޭ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާތީ ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިގެން ކަަމަށެވެ. އަދި އުންމީދު ކުރަނީ ފެން ހިންދާ ނިޒާމުގެ މަސައްކަތް ނިމުމުން މިހާރު ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

މި މަޝްރޫޢަށް 28.66 މިލިއަން ރުފިޔާ ޚަރަދުވާއިރު، މި މަސައްކަތް 240 ދުވަހުގެ ތެރޭގައި ނިންމަން ޖެހެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!