އެޗްޑީސީން ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފި

ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެމުންދާތީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހިދުމަތް ދެމުން އަންނަ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.

އެޗްޑީސީން ވިދާޅުވީ ރިސެޕްޝަނުން ހިދުމަތް ދެމުން އަންނަ ގަޑިއަށް ގެނައި ބަދަލާއި އެކު މިހާރު ހިދުމަތް ލިބޭނީ ހެނދުނު 9:00 އިން ފެށިގެން މެންދުރު ފަހު 13:00 އާ ހަމައަށް ކަމަށެވެ.

އަދި މި ދަނޑިވަޅުގައި ރައްޔިތުންނާއި އެކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންގެ ރައްކާތެރިކަމަށް ގިނަ ގުނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް އެޗްޑީސީ އިން ވަނީ ހާމަކޮށްފައެވެ.

އެޗްޑީސީ އިން މިހާރު ދެމުން އަންނަނީ މި ދަނޑިވަޅުގައި ކޮންމެހެން ދިނުން މުހިންމު ހިދުމަތްތައް އެކަންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!