2 ގޯނި ހިކަނދިފަތުގެ ވެރިފަރާތް ހޯދަން ފުލުހުން އާއްމުންގެ އެހީއަށް

ދެ ގޯނި ހިކަނދިފަތުގެ ވެރިފަރާތް ހޯދަން ފުލުހުން އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް އެހެން ތަކެތީގެ ވެރިފަރާތް ވެސް ހޯދަން އާއްމުންގެ އެހީއަށް އެދިފައެވެ.

މިތަކެއްޗަކީ މި އޮގަސްްޓު މަހުގެ 5 ން 8 އަށް އެކި ދުވަސްމަތިން މާލޭގެ އެކި ސަރަހައްދުތަކުން، ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި މިތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިއެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗަކީ:

އޮގަސްޓް 5 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަރަންޓު ނަރު ގޯންޏެއް. އިންސިޑެންޓް ނަންބަރު  461956

އޮގަސްޓް 7 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ގޯނި ހިކަނދިފަތް. އިންސިޑެންޓް ނަންބަރު 462110

އޮގަސްޓް 7 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ ފައިވާން. އިންސިޑެންޓް ނަންބަރު 462080

އޮގަސްޓް 8 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 462142

އޮގަސްޓް 8 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސޮނީ ބްރާވިއާ 50 އިންޗީގެ ޓީވީ އެއް. އިންސިޑެންޓް ނަންބަރު 462145

އޮގަސްޓް 8 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 13 ޖީންސް. އިންސިޑެންޓް ނަންބަރު 462173

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް އެދެއެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް އެފަރާތުން ވަނީ ޝުކުރުވެސް އަދާކޮށްފައިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!