ކަމަދޫން އިތުރު މީހަކު ޕޮޒިޓިވް ވެއްޖެ

ބ.އަތޮޅު ކަމަދޫގައި ކަރަންޓީން ވެގެން ހުރި އިތުރު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޕޮޒިޓިވްވެފައި ވަނީ މާލެ އިން ކަމަދުއަށް ގޮސް ކަރަންޓީން ވެގެން ހުރި މީހެކެވެ.

އެޗްއީއޯސީން މިއަދު ވިދާޅުވީ ކަމަދޫއަށް ގޮސް ފުރަބަންދު ކަރަންޓީނު ފުރިހަމަ ކުރުމަށްފަހު ކޮވިޑްއަށް ޓެސްޓު ކުރި 38 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާ ޓެސްޓު ހަދާފައިވަނީ 8 އޮގަސްޓުގައި ކަމަށް ވެސް އެޗްއޯސީން ވިދާޅުވިއެވެ.

މީގެ ހަފްތާއެއް ކުރިން ވެސް ފުރަބަންދު ކަރަންޓީންގައި ހުރި މީހަކު ކަމަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވެއެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވަމުންދާއިރު ގިނަ ރަށްރަށުން ބަލި މީހުން ދަނީ ފެންނަމުންނެވެ. އެގޮތުން ރަށްރަށުގެ ހޯމް ކަރަންޓީނަށް ދިޔަ ގިނަ ބަޔަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެކަމާއި ގުޅިގެން ހޯމް ކަރަންޓީނަށް ރަށްރަށަށް ފޮނުވުމުގެ އުސޫލު މިހާރު ވަނީ ވަރަށް ހަރުކަށި ކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!