އައްޑޫން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މާލެ އިން އައްޑު އަށް ދިޔަ ފުލުހަކު ކޮވިޑް-19 އަށް އިއްޔެ ޕޮޒިޓިވެފައި ވަނިކޮށް، އައްޑޫގައި މަސައްކަތްކުރާ ބިދޭސީއަކު ވެސް އެ ބައްޔަށް މިއަދު ޕޮޒިޓިވްވެއްޖެ އެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ބުނީ އެ ބިދޭސީމީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ހޯމް ކަރަންޓީނުގެ 14 ދުވަސް ހަމަވުމުން ކުރި ޓެސްޓުން ކަމަށެވެ. އޭނާގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އެއީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލްގައި ހަދަމުންދާ އިމާރާތެއްގެ މަސައްކަތް ކުރާ ކުންފުންޏެއްގައި މަސައްކަތްކުރާ މީހެކެވެ. އޭނާ ކަރަންޓީނުގައި ހުރީ މަސައްކަތްކުރާ ކުންފުނީގެ މުވައްޒަފުން ތިބޭ އެކަމޮޑޭޝަން ބްލޮކެއްގަ އެވެ.

ބިދޭސީމީހާ އަކީ އައްޑޫގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން ވަނަ މީހާ އެވެ. އައްޑޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ މާލެ އިން ގޮސް ގަމުގެ އީކްއޭޓާ ވިލެޖްގައި ކަރަންޓީނުކުރި ދުވަސްވީ އަންހެނެކެވެ. އެއީ މިދިޔަ ޖޫން މަހުގެ ތެރޭގަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!