ބޯކޮށް ވާރޭވެހި ކުކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި ހދ. ކުޅުދުއްފުށި ސިޓީގައި ފެންބޮޑުވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި ކުޅުދުއްފުށީގެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެކަމުގެ ރިޕޯޓު އާދިއްތަ ދުވަހުގެ ހެނދުނު 09:40 ހާއިރު ލިބިފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ނޮދަން އޭރިއާ ސިފައިން ފެން ހިއްކުމުގެ މަަސައްކަތުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް 5 ގެޔަކަށް ފެންވަދެފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަަމަށެވެ.

ހދ. ކުޅުއްފުށި ސިޓީ ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވީ ރޭ ދަންވަރުން ފެށިގެން ރަށަށް ވާރެވެހެން ފަށާފައިވާ ކަަމަށެވެ. އަދި މަގުތަކުގައި ފެން ބޮޑުވުމުން ދެ ސަރަހައްދެއްގައި ޕަންޕު ޖަހައިގެން ފެން ހިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާތަނަށް 5 ގެޔަކަށް ފެންދެފައިވާކަމަށް އެމްއެންޑީއެފަށް ރިޕޯޓު ލިބިފައިވާއިރު އެއްވެސް ގެޔަކަށް ގެއްލުންވި ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަަމަށް ވެސް ޢަބްދުއްލަޠީފް ޙަސަން ވިދާޅުވިއެވެ.

މޫސުން ކުރިއަށް ލަފާކޮށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ އުތުރާއި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް ބުންޏެވެ.

މީގެ އިތުރުން ދެކުނުގެ އަތޮޅުތަކަށް، ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 06 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާ އިން ވަނީ ބުނެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!