މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތައް ވެއްޖެ

މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތައް ވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ އެ ހާދިސާ ހިނގާފައި ވަނީ މ. އަރޯބިއަން ވިލާގެ ގްރައުންޑް ފްލޯގައި ހުރި ކޮޓަރިއެއްގައި ކަމަށެވެ. އެ ކޮޓަރީ ސީލިންގް ފަންކާއެއްގައު ރޯވެ އަނދަމުން ދަނިކޮށް ގޭގައި ދިރިއުޅޭ މީހުން މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ. ނަމަވެސް ގޭގައި ހުރި ބައެއް މުދަލަށް ވަނީ ގެއްލުން ލިބިފައި ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!