ކެއުމުގައި ފައިބާ ހިމަނަންޖެހެނީ މިހެންވެގެން!

ފައިބާއަކީ ތި ހީކުރާ ވަރަށްވުރެ ހަށިގަނޑަށް މުހިއްމު އެއްޗެކެވެ. ގިނަ މީހުން ކެއެމުގައި ފައިބާ ބޭނުންކުރާ މިންވަރު މަދީ، އޭގެ މުހިއްމުކަން ނޭނގޭތީއެވެ. މިދިޔަ 10 އަހަރުތެރޭގައި ހެދި ދިރާސާތާކުން ފާހަގަވި އެއްޗަކީ، ކެއުމުގައި ފައިބާ ބޭނުންކުރާ މީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު ބޮޑު ކަމެވެ. ތިރީގައި މި ފާހަގަކޮށްލަނީ ފައިބާއިން ހަށިގަނޑަށް ކުރާ ބައެއް ފައިދާތަކެވެ.

– ހަޖަމުގެ ނިޒާމަށް ރަނގަޅު

– ބަރުދަން ލުއިކުރުމަށް އެހީވެދޭ

– ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދޭ

– ބަނޑުހިކުމާއި ފާހަނައަށް ދިއުމަށް ވާ އުނދަގޫތަކާ ދުރުކޮށްދޭ

– ހިތުގެ ދުޅަހެޔޮކަމަށް

– ބައެއް ކަހަލަ ކެންސަރާ ދުރުކޮށްދޭ (ކޮލޯން ކެންސަރު އަދި ހަޖަމުގެ ނިޒާމާ ގުޅިފައިވާ އެހެން ކެންސަރު)

ކެއުމުގައި ފައިބާ ހިމަނާނީ ކިހިނެއް؟

1. ބަތް ކާއިރު ބްރައުން ރައިސް އަށް ބަދަލުކުރުމާއި، ޕާން ބްރައުން ބްރެޑަށް އަދި ޕާސްތާ ކާނަމަ ހޯލް-ވީޓް ޕާސްތާ ކެއުން

2. ޗިއާ ސީޑްސް ބޭނުންކުރުން. މިސާލަކަށް، ބުއިމުގެ ތެރެއަށް އަޅައިގެން ނުވަތަ އެހެން ގޮތަކަށް.

3. ލުއި ކާނާއެއްގެ ގޮތުގައި ފައިބާއިން މުއްސަނދިވެފައިވާ ކާނާ ދުވަހުގެ އެކި ގަޑިތަކުގައި ކެއުން. މިސާލަކަށް، ރާސްޕްބެރީ، ބްލެކްބެރީ، އާފަލު، އާމަންޑް، ބޭބީ ކެރެޓް…

4. ފައިބާ އެކުލެވޭ ކާނާއިން ދުވަސް ފެށުން. އެގޮތުން ހެނދުނުގެ ނާސްތާގައި މޭވާ އަޅާފައި ޔޯގަޓް ކެއުން، ނުވަތަ އޯޓްމީލް، ހޯލް-ގްރެއިން ގެ ޓޯސްޓެއް ނޫނީ ހައި-ފައިބާ ސީރިއަލް ހިމެނުން.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!