ޝާޙު ހިލޭ ކުޅެދިން ފިލްމުތައް އެނގޭތަ؟

ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރި ޝާހްރުކް ޚާން، އަކީ ބޮލީވުޑްގައި މިލިއަނުން އާމްދަނީ ހޯދާ ފަންނާނެކެވެ. ހަމައެހެންމެ ޝާހު އަކީ މުއްސަނދިންގެ ލިސްޓުގައިވެސް ހިމެނޭ ފަންނާނެކެވެ.

އެންމެ ބޮޑެތި އަގުތަކަށް ފިލްމު ކުޅެދޭ ތަރިންގެ ލިސްޓުގެ ކުރީގައި ޝާހްރުކް ހާން ހިމެނެއެވެ. އެގޮތުން ޝާހުރުކް ހާންގެ އަމިއްލަ ކުންފުނި ރެޑް ޗިލީސް އިންވެސްޓްމެންޓުން ލިބޭ އާމްދަނީގެ އިތުރުން އޭނާ ކުޅޭ ކޮންމެ ފިލުމަކުން 45 ކްރޯޑް ރުޕީ ހޯދަ އެވެ.

އެހެން ނަމަވެސް އޭނާ ބައެއް ފިލްމުތައް ހިލޭ ކުޅެދިންކަން އެނގޭހެއްޔެވެ. އެގޮތުން ޝާހު ވަނީ ކްރޭޒީ4 ގެ ބަޖެޓެއް ނެތުމުގެ ސަބަބުން އޭނާގެ ރޯލު ހިލޭ ކުޅެދީފައެވެ. މީގެއިތުރުން ބޫތްނާތް ރިޓާން އާއި ދުލްހާ މިލްގަޔާ ގައި އޭނާގެ ރޯލުތައްވެސް އެއީ ހިލޭ ކުޅެދީފައިވާ ފިލްމްތަކެކެވެ.

ޝާހްރުކް ޚާން އަކީ ދިވެހިންގެ ތެރޭގައިވެސް މަޤްބޫލު ކަމެއް ހޯދާފައިވާ ފަރާތެކެވެ. މިގޮތުން 1992 ވަނަ އަހަރު ފިލްމް ކުޅެން ފެށީ ޝާހްރުކްއަށް މިހާތަނަށްވަނީ ގިނަ އެވޯޑްތަކެއްވެސް ލިބިފައެވެ. ޝާހްރުކް ޚާން އަށް މިހާތަނަށް 14 ފިލްމް ފެއަރ އެވޯޑާއި މިހާތަނަށް 30 ފަހަރު މިއެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.

  1. ކޮންދޮގެއް ހަދާކަށް ސރކ އެންމެ ފުރަތަމަ ފިލްމު ދީވާނާ ރިލީސް ވެއްޖެ 1992ގައި

    4
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!