ސަންޖޭ ދަތު ކުއްލި ގޮތަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

މެއަށް ތަދެއް އަރައިގެން ކުއްލި ގޮތަކަށް ބޮލީވުޑްގެ މަޝްޙޫރު ފިލްމީ ތަރި ސަންޖޭ ދަތު ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިއެވެ.

ބޮލީވުޑުގެ އެތަށް ފިލްމްތަކެއް ކުޅެފައިވާ ސަންޖޭ ދަތު މުމްބާއިގެ ލިލާވަތި ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިއަދު އިރު އޮއްސުނު އިރުކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. ސަންޖޭ ދަތުގެ އޮކްސިޖެން ލެވެލް ދަށްވެގެން ކޮވިޑް-19 އަށް ވެސް އޭނާ ވަނީ ޓެސްޓުކޮށްފައެވެ. ނަމަވެސް އޭނާ ވަނީ އެބައްޔަށް ނެގަޓިވް ވެފައެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އޭނާ މިހާރު އޮތީ އައިސީޔޫގައި އިތުރު ޓެސްޓުތައް ހެދުމަށްޓަކައި އެޑްމިޓް ކޮށްފައެވެ.

ސަންޖޭ ދަތު ދެން އެންމެ އަވަހަށް ފެނިގެންދާނީ މި މަހު 28 ގައި ނެރެން ހަމަޖެހިފައިވާ މަހޭޝް ބަޓްގެ “ސަޅަކް2” އިންނެވެ. މީގެއިތުރުން “ކޭޖީއެފް: ޗެޕްޓާ 2” އިން ވެސް ސަންޖޭ ފެނިގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!