ބޯޑަރު ހުޅުވާލުމާއި އެކު މިހާތަނަށް 6277 މީހުން ރާއްޖެ އައިސްފި

ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް 6000އަށް ވުރެ ގިނަމީހުން އައިސްފައިވާކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިހާތަނަށް ރާއްޖެއަށް 6277 މީހަކު ރާއްޖެ އައިސްފައިވާކަމަށެވެ.. އަދި މިއަދުވެސް 342 މީހަކު ރާއްޖެ އައިސްފައިވާކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ބޯޑަރު ހުޅުވާލުމުން މިހާތަނަށް ރާއްޖެއިން 4877 މީހަކު ފުރާފައި ވާއިރު މިއަދު އެކަނިވެސް 360 މީހަކު ވަނީ ފުރާފައެވެ.

ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރެއިން އޭޕްރީލް މަހުގެ 27 ވަނަ ދުވަހު ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާފައި ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!