ބޭސްފަރުވާއަށް އިންޑިއާއަށް ދިޔަ 8 ދިވެހިން ޕޮޒިޓިވްވެއްޖެ

އާސަންދައިގެ ދަށުން އިންޑިއާ އަށް ބޭސްފަރުވާ އަށް ދިޔަ އަށް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެމީހުންގެ ތެރެއިން ދެމީހަކަށް ބަލި ޖެހުނުކަން އެނގިފައިވަނީ މިއަދުގެ ވަގުތެއްގައި ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަމްރިތާ ހޮސްޕިޓަލަށް ދިޔަ ހަތަރު މީހަކާއި ކިމްސް ހޮސްޕިޓަލަށް ދިޔަ ހަތަރު މީހެކެވެ.

ކޮވިޑާ ގުޅިގެން ދަތުރުފަތުރަށް ބުރޫއަރާފައިވާ މި ދަނޑިވަޅުގައި ވެސް، އާސަންދަ މެދުވެރިކޮށް އިންޑިއާ އަށް ގޮސް ފަަރުވާ ހޯދުމުގެ ފުރުސަތު އެ ގައުމުގެ ސަރުކާރުގެ ޚާއްސަ އިނާޔަތެއްގެ ދަށުން ދިވެހިންނަށް ލިބެ އެވެ. އިންޑިއާށް ދެވެނީ ކޮވިޑަށް ޓެސްޓް ކޮށް ނަތީޖާ ނެގެޓިވްވާ ފަރާތްތަކަށެވެ. އަދި އެނބުރި ރާއްޖެއަށް އަންނައިރު ވެސް ޓެސްޓުކުރަން ޖެހެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!