ގައިޑްލައިނާ ހިލާފުވި 9 ތަނެއް ބަންދު ކޮށްފި

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް ވިޔަފާރިކުރަމުންދިޔަ އިތުރު 9 ތަނެއް ބަންދުކޮށްފި އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މިއަދު 137 ތަނެއް އިންސްޕެކްޓު ކުރެވިފައި ވާ ކަމަށާއި އޭގެ ތެރޭގައި ކާބޯތަކެތީގެ ހިދުމަތްދޭ 37 ތަނަކާއި 11 ސެލޫން އަދި 88 ފިހާރަ ހިމެނޭ ކަމަށެވެ.

އޭގެ ތެރެއިން 9 ތަނެއް މިއަދު ބަންދު ކޮށްފައިވާ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އެއީ ތިން ސެލޫންއާއި ފަސް ފިހާރައަކާއި ކާބޯތަކެތީގެ ހިދުމަތްދޭ އެއް ތަނެއް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. 

ނަޒްލާ ރަފީގް ވިދާޅުވީ މިއީ އިންސްޕެކްޝަންގެ ފުރަތަމަ ބުރުގެ ފަހު ދުވަސް ކަމަށާއި އިންސްޕެކްޝަންގައި 1546 ތަނެއް ބަލާ ފާސްކޮށްފައިވާ ކަމަށާ އޭގެ ތެރެއިން 246 ތަނެއް ބަންދުކުރަން ޖެހުނު ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!